ENGLISH

22 އޭޕްރީލު 2025

Advertisement

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މިނިސްޓަރ މުއްޠަލިބު މަޝްވަރާކުރައްވައިފި

10 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު މަޝްވަރާ ކުރައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން މިނިސްޓަރ ވަނީ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. 

އެގޮތުން ހދ. ކުޅުދުއްފުށީގެ މަގު ހެދުމުގެ ފޭސް ދޭއްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން މިނިސްޓަރ ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި 400 ހައުސިން ޔުނިޓް ކުރިއަށް ގެންގޮސްފައިވާ ސަރަހައްދަށް ވެސް ވަޑައިގެންފައިވެއެވެ. 

މީގެ އިތުރުން ކުޅުދުއްފުށީގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށް ގިރާ ހިސާބު އަދި ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ބައްލަވާލެއްވުމަށް ވެސް ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ކުޅުއްދުފުށި އުތުރު ދާއިރާ މެމްބަރު މުޙައްމަދު ދާއޫދު އާއި ކުޅުދުއްފުށީ ކައުންސިލު މެންބަރުންނާ ބައްދަލު ކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ ގޮތުން މިނިސްޓަރ މަޝްވަރާ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު