ENGLISH
22 އޭޕްރީލު 2025
ވަޒީރު ޠާރިޤަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް
10 ފެބްރުއަރީ 2025
|
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު ތޯރިގް އިބްރާހީމް (ފޮޓޯ/ ރައީސް އޮފީސް)
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލެއްވުމަށްފަހު، އެ މިނިސްޓްރީގެ ވަޒީރަކަށް އައްޔަނުކުރެއްވި ތާރިގް އިބްރާހީމަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ މަގާމަށް އައްޔަނުކުރައްވާފައިވާ ތާރިގަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮނުވާފައިވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލެއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު، މިނިސްޓަރަކަށް ތާރިގް އައްޔަނުކުރައްވާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
މީގެއިތުރުން، ތިން މިނިސްޓްރީއެއްގެ މަސައްކަތްތަކަށް ބަދަލު ގެންނަވައި، މަސައްކަތުގެ ދާއިރާތައް އަލުން އެކުލަވާލާފައިވާތީ އެކަންކަމާ މެދު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
ރައީސް ޑރ. މުޢިއްޒު ބަދަލު ގެންނެވީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތުގެ ދާއިރާތަކެވެ.