ENGLISH

22 އޭޕްރީލު 2025

Advertisement

އޭސީސީގެ ނައިބަކަށް އަހުމަދު ނާޝިދު އައްޔަނުކުރަނީ

10 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

އަހުމަދު ނާޝިދު (ފޮޓޯ/ ރައީސް އޮފީސް)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް ކަމުގެ މަގާމަށް، އަހުމަދު ނާޝިދު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އޭސީސީގެ ނައިބަކަށް އަހުމަދު ނާޝިދު އައްޔަނުކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފަ އެވެ. އެއަށްފަހު، އެ މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.

އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުއް ސަލާމު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމަށް ނިންމައި، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައިވަނިކޮށެވެ.

އަހުމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކޮމިޝަނަށް އައްޔަނުކޮށްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 26 ގަ އެވެ. 

އަހުމަދު ނާޝިދުގެ އިތުރުން ދެން އޭސީސީގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާއި، މެމްބަރު އަބްދުﷲ ނާޝީދާއި، ޝަޒްނާ ހާޝިމްގެ އިތުރުން ޝިޔާމާ މުހައްމަދެވެ. 

ކިޔުންތެރިންގެ ހިޔާލު