ENGLISH
22 އޭޕްރީލު 2025
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބަކަށް ސަލާހު އައްޔަނުކުރަން ހުށަހަޅުއްވައިފި
10 ފެބްރުއަރީ 2025
|
އީސީ އަށް ޒާހިދާއި ސަލާހު އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުޙައްމަދު ޒާހިދާއި އެ ކޮމިޝަންގެ ނައިބަކަށް އަބްދުއްރަހްމާން ސަލާހު ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޒާހިދު އަދި ނައިބަކަށް ސަލާހު އައްޔަނުކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙަހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވަވައިފަ އެވެ.
ޒާހިދާއި ސަލާހުގެ ނަން ތަޅުމުގައި އިއުލާނުކުރެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ، އެ މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
އީސީގެ ރައީސަކަށް އައްޔަނުކުރަން ރައީސް ހުށަހެޅުއްވި ޒާހިދު ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އެ ކޮމިޝަނުގެ ނައިބަކަށް އައްޔަނުކުރަން ހުށަހަޅުއްވާފައިވާ ސަލާހު ވަނީ އީސީގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން އެކްޓިން ސެކެޓްރީކަން ކުރައްވާފަ އެވެ.
މި ދެބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރައްވާފައިވަނީ ހުސްވި ޖެނުއަރީ 26 ގަ އެވެ.