ENGLISH

22 އޭޕްރީލު 2025

Advertisement

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް މަޖިލީހުގެ ރުހުން ހޯދަނީ

10 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ. މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަނީ(ފޮޓޯ/ މަޖިލީސް)

މި ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ދެ އަހަރުގެ މުއްދަތަކަށް އަޅަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޚަރަދުކުޑަކުރުމަށް އަޅަން ނިންމެވި ފިޔަވަޅުތަކާއި މެދު ރުހުން ހޯދުމަށްޓަކައި ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވަވާފަ އެވެ. 

މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައި މަޖިލީހުގެ ރުހުން ހޯދުމަށް އެދިވަޑައިގެންފައިވަނީ 12،000 ރުފިޔާއަށް އަށް ވުރެ މަތިން އަސާސީ މުސާރަ ލިބިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށެވެ.

ހަމައެއާއެކު، ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް މަޖިލީހަށް ފެންނަކަމަށްވާނަމަ، އެކަން ވެސް ހުށަހަޅައިގެން ނިންމަވާ ގޮތެއް އަންގަވައިދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސްގެ ސިޓީ އިއްވުމާއެކު، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފަ އެވެ. 

ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާ މެދު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އެދިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ އަމިއްލަފުޅު މުސާރައިން 50 އިންސައްތަ އުނިކުރުމަށް ނިންމަވާފައިވާކަން މިދިޔަ އޮކްޓޯބަރު މަހު ހާމަކުރައްވާފަ އެވެ. އެހެންކަމުން ރައީސަށް މުސާރައަށް ދެން ލބިވަޑައިގަންނަވާނީ 50،000 ރުފިޔާ އެވެ.  

ކިޔުންތެރިންގެ ހިޔާލު