ENGLISH

22 އޭޕްރީލު 2025

Advertisement

ޕެންޝަން އޮފީހުން ޚާއްސަ ސްކޮލާޝިޕް ޕްރޮގްރާމެއް

09 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން ކުރިއަށް ގެންދާ ޕެންޝަން އޮފީސް ސްކޮލާޝިޕް ޕްރޮގްރާމް 2025 އިއުލާނުކޮށްފިއެވެ.

މި ސްކޮލާޝިޕަކީ މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރަން ތަޢާރަފްކުރި ސްކޮލާޝިޕް ޕްރޮގްރާމެކެވެ.

ފުރަތަމަ ފަހަރަށް އިއުލާނުކުރި މި ޕްރޮގްރާމަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މެރިޓް ބޭސްޑް ފުލީ ފަންޑް ސްކޮލަޝިޕެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ޕެންޝަން އޮފީހުގެ ސްޓްރެޓެޖިކް ދާއިރާތަކުން ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ޙާޞިލްކުރުމަށް ފާހަގަކޮށްލެވޭ ފަރާތްތައް ބާރުވެރިކުރުވުމެވެ.

ރާއްޖޭގެ މާލީ ދާއިރާއަށް ހުނަރުވެރި ދިވެހިން ބިނާކޮށް، މަތީ ތަޢުލީމު ޙާސިލުކޮށް ކުރިއަށް ދިއުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައެވެ.

މި ޕްރޮގްރާމަކީ ދުނިޔޭގެ ޔުނިވަރސިޓީ ރޭންކިންގއަށް ބަލައި ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބޭ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު އިޢުލާންކުރާގޮތަށް ހަމަޖެހިފައިވެއެވެ. މިގޮތުން 2025 ވަނަ އަހަރަށް ވަނީ އެއް އަންޑަގްރެޖުއޭޓް ސްކޮލަރޝިޕް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު