ENGLISH
22 އޭޕްރީލު 2025
މަސްތުވާތަކެތީގެ ތުހުމަތެއްގައި މީހަކު ހޯދަން އިޢުލާނުކުރައްވައިފި
09 ފެބްރުއަރީ 2025
|
ޑައިމޯފިން ޓްރެފިކްކުރުމުގެ ތުހުމަތުވާ މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކުރައްވައިފިއެވެ.
ފުލުހުން އެ މައްސަލާގައި ހޯއްދަވަނީ ގދ.ފިޔޯރީ، ޢުމުރުން 20 އަހަރުގެ ޒަމީން ޙުސައިން ޝުޖުޢާން ނާފިޒެވެ.
އެ މައްސަލާގައި ފުލުހުން މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޒަމީނަކީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށެވެ.
އޭނާ ހާޒިރުނުކުރެވިގެން ކޯޓުންވަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރައްވާފއެވެ. އެ އަމުރާ ގުޅިގެން ފުލުހުންވަނީ އޭނާ ހޯދުމަށް މަސައްކަތްކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ.
މާދަމާ މެންދުރު 1:00 އަށް ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކުރިމިނަލް ކޯޓުންވަނީ އަމުރުކުރައްވާފައެވެ.
އެހެންކަމުން ޝުޖުޢާން އުޅޭ ތަނަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަށް އެ އިދާރާއިން އެދިވަޑައިގެންފައިވެއެވެ.