ENGLISH

22 އޭޕްރީލު 2025

Advertisement

މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

09 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މ. ހައުސްޕްލާޒާ ގޭގައި ރޯވި އަލިފާނުގެ ހާދިސާގައި 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބި އެކަން މަރާމާތުކުރެވެންދެން އެ ދެގެއިން 55 ފަރާތަކަށްވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ ތެރޭގައި 20 ބިދޭސީން ވެސް ހިމެނޭކަމަށް ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ކަމަށެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރުއެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

މާލޭގައި ދަނީ މިފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ގިނަވަމުންނެވެ. އެގޮތުން ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ ހައުސިންގ މިނިސްޓްރީގައި އަލިފާންރޯވި ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު