ENGLISH

22 އޭޕްރީލު 2025

Advertisement

ހަމަލާދިނުމަށްފަހު ފިލައިގެން ދަނިކޮށް ހައިވޭމަތިން ހުއްޓުވައި ހައްޔަރުކޮށްފި

09 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ސިނަމާލެ ބްެރިޖްް (ފޮޓޯ/ އަވަސް)

ހުޅުމާލޭގެ މަގުމަތީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދިނުމަށްފަހު ފުލުހުންނަށް ފިލައިގެން އުޅެނިކޮށް ހައިވޭ މަތިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:35 ހާއިރެވެ.

އަނިޔާވި މީހާ އަށް ހުޅުމާލެ ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެ އެވެ.

ފުލުހުން ވިދާޅުވީ މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭ އިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ގދ. ފިޔޯރީ،  ހީނާމާގެ، ރުސްތަމް އިބްރާހީމް (25އ) އާއި ބ. ހިތާދޫ، ސްޓާރ އަބްދުﷲ ޒާހިދު ޒުބައިރު (18އ) އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު