ENGLISH
22 އޭޕްރީލު 2025
ލޯކަލް ކައުންސިލްތަކުގެ ބައި- އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތްތަކަށް ރައީސް މަރްޙަބާ ދަންނަވައިފި
08 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒު ތުއްތު ކުއްޖެއް އުރާލައްވައިގެން.
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި- އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑޮކްޓަރ މުޙަމަދު މުޢިއްޒު މަރްޙަބާ ދަންނަވައިފިއެވެ.
މި އިންތިޚާބަށް ހުޅުވާލި ދާއިރާތަކުގެ ތެރެއިން 24 ގޮނޑި އިންތިޚާބަކާ ނުލައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ކާމިޔާބުވެފައިވެއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުންނަށް މަރުޙަބާ ދަންނަވާ ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންތިޚާބު ބާއްވަން ކަނޑައެޅި 37 ދާއިރާގެ ތެރެއިން، ޖުމްލަ 33 ގޮނޑި ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
އަތޮޅު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެންބަރުކަމުގެ 2 ގޮނޑި، އތމ ކޮމެޓީ 29 ގޮނޑި ޕީ.އެން.ސީއިން ވަނީ ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރްޙަބާ ދަންނަވައި، އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި އަދި ވޯޓުގައި ބައިވެރިވެ ވަޑައިގަތް ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.