ENGLISH
17 އޭޕްރީލު 2026
500 މުވައްޒަފުން މަދުކުރާ ވާހަކަ އަކީ ދޮގެއް، ބަދަލުތައް ގެންނަނީ ހިންގުން ހަރުދަނާކުރަން: ތަރުޖަމާން
17 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް(މުންދު).ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުގެ އެކި ވުޒާރާތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރާކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދޮގުކުރައްވައިފި އެވެ.
ސަރުކާރުގެ ތަރުޖަމާނު މިފަދައިން ވިދާޅުވީ ސަރުކާރުގެ 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މުވައްޒަފުންގެ ލިސްޓު ރައީސާ ހިއްސާކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.
"އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި މުންދު ވިދާޅުވީ ސަރުކާރު ވެރިކަމަށް އައި ފަހުން ހާއްސަ އިސްކަމެއްދީގެން މުވައްޒަފުންގެ އެނުއަލް އެސެސްޓްމަންޓެެއް ހަދަމުންދާކަމަށާއި އެއީ ސަރުކާރުގެ އޮނގަނޑު ރަނގަޅުކުރަން ބަދަލުތައް ގެނައުމަށްޓަކައި ކަމަށް ވިދާޅުވި އެވެ.
"މިހާރު ރައީސް އޮފީހުން އަންގާފަ އެ އޮތީ އެ ވުޒާރާއެއްގައި ނުވަތަ އިދާރާއެއްގައި ތިބި ސިޔާސީ މުވައްޒަފުންގެ އެސެސްޓްމަންޓެއް ހަދާދޭށޭ. އެ އެސެސްޓްމަންޓުތައް ފޮނުވީމަ އެއަށް ރިޔާއަތް ކޮށްފައި ސަރުކާރުގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. ވަކި ކުރަނީ ކޮން ބައެއްތޯ؟.ބައިތިއްބަނީ ކޮންބައެއްތޯ؟. އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ބަދަލު ކުރަނީ ކޮންބައެއްތޯ ނިންމަނީ މި އެސެސްޓްމަންޓުތަކަށް ބަލާފައި. މިއީ ވަކި އަދަދެއް ހަމަކުރަން ކުރާކަމެއް ނޫން،". މުންދު ވިދާޅުވި އެވެ.
ސަރުކާރުން މުވައްޒަފުން ވަކި ކުރަނީ މާލީ ސިޔާސަތެއް ތަންފީޒުކުރަން ނޫންކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
"މިކަން މިކުރާ ނިޔަތް ދަންނަވާފާނަން. ރައީސް ކުރިން ވިދާޅުވިގޮތަށް ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރެ، މެނިފެސްޓޯގައި ހުރި ކަންކަން ފުއްދުމަށްޓަކައި އިތުރަށް ސަރުކާރުގެ އޮނިގަނޑަށް ވެސް މި ބަދަލު މި ގެންނަނީ. އޭގެން ބައެއް ބަދަލު ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް ސަފަށް ވެސް މިހާރު ގެނެވިފައިވާތަން ފެންނާނެ،".ތަރުޖަމާނު ވިދާޅުވި އެވެ.
މުޅި ދައުލަތުގެ ތެރޭގައި ރީ-އޯގަނައިޒޭޝަންގެ މަސައްކަތްތައް ހިނގަމުންދާކަން މުންދު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ހިންގުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްގެންދަވާނީ ރައްޔިތުން އެދޭ ނަތީޖާ ނެރެދެވޭނެ ގޮތްތައް ބައްލަވައިގެން ކަމަށް ވިދާޅުވި އެވެ.