ENGLISH
22 އޭޕްރީލު 2025
އުމުރުން ދުވަސްވީ ފަތުރުވެރިއަކު އުކުޅަހުގައި ގެނބިގެން މަރުވެއްޖެ
01 ފެބްރުއަރީ 2025
|
އުމުރުން 75 ދުވަސްވީ ފަތުރުވެރިއަކު އއ. އުކުޅަހު މޫދުގައި ގެނބިގެން މަރުވެފައި އޮއްވާ މިއަދު ހަވީރު ފެނިއްޖެއެވެ.
ފުލުން މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އުކުޅަކުހުގައި ފަތުރުވެރިއަކު ގެނބިގެން ރިޕޯޓުކުރީ މިއަދު ހަވީރު 5:20 ގައި ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ، އެރަށުގައި ޗުއްޓީހޭދެކުރަން އައިސް އުޅުނު އުޒްބަކިސްތާނުގެ ފިރިހެނެކެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ދަނީ އެކަން ތަހުގީގު ކުރައްވަމުންނެވެ.
ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ގެނބުމުގެ ހާދިސާތައް މަދުން ނަމަވެސް ހިނގައެވެ.