ENGLISH

22 އޭޕްރީލު 2025

Advertisement

އައިޖީއެމްއެޗްގެ ލެބޯޓްރީ ޚިދުމަތުގެ ގަޑި އަވަސްކޮށް، އީޕޯޓަލްއަށް ބަދަލުތަކެއް ގެނެސްފި

01 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯޓްރީ ޚިދުމަތް ފަށާ ގަޑި އަވަސްކޮށް، އެ ހޮސްޕިޓަލުގެ އީ-ޕޯޓަލްއިން އާއިލާގެ މީހުންނަށް އެޕޮއިންޓްމަންޓް ހަދައިދީ ލެބް ރިޕޯޓްތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ވިދާޅުވީ، ލެބޯޓްރީ ޚިދުމަތްދޭން ފަށާ ގަޑި މާދަމާއިން ފެށިގެން ބަދަލުވާނެ ކަމަށެވެ. އެގޮތުން، މާދަމާއިން ފެށިގެން ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ލެބޯޓްރީގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗް އިން ކުރިން އެ ޚިދުމަތްދިނީ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ. އާ ބަދަލާއެކު ކިއު ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 7:00 އިން ރޭގަނޑު 9:30 އާ ދެމެދު އެވެ.

ލެބޯޓްރީގެ ޚިދުމަތް ފަށާގަޑި އަވަސްކުރަން ނިންމިއިރު، ކުއްލި ޙާލަތުގައި ހަދަންޖެހޭ ލެބް ޓެސްޓުތައް ހެދުމުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް 24 ގަޑިއިރު ލިބޭނެކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެފައިވެއެވެ.

އީޕޯޓަލް އަށް ބަދަލާއެކު އާއިލީ މީހުންނާއި، އެމީހެއްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓް ހެއްދުމާއި، ލެބް ރިޕޯޓްތައް އަދި މެޑިކަލް ރެކޯޑްތައް ބަލާލެވޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. އީޕޯޓަލްގެ ޚިދުމަތް ހޯދުމަށް އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު އާއިލީ އަދި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް އިތުރު ކުރެވޭނެކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު