ENGLISH
22 އޭޕްރީލު 2025
މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުން ރެގިއުލޭޓްކުރަން ޤަވާއިދެއް ހަދަނީ
01 ފެބްރުއަރީ 2025
|
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަދައްކަވަނީ
އެކިއެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވަމުންދާތީ، މިސްކިތްތައް ބޭނުންކޮށްގެން ކުރާ އެފަދަ ކަންކަން ރެގިއުލޭޓްކުރަން ޤަވާއިދެއް ހެދުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން، އެފަދަ ކަންކަން ރެގިއުލޭޓްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، ހުއްދައަށް އެދުމުން ހުއްދަ ދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްޞީލް ހުށަހެޅުމުން ކަމަށެވެ. އަދި، އެ ހުއްދަ ތަކުރާރުކުރެވޭނީ ޚަރަދުކުރި ގޮތުގެ ތަފްޞީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން މާލީ އެހީ ހޯދުމުގައި މިހާރު ޢަމަލުކުރާނެ އުޞޫލެއް ނޯވެއެވެ. އެހެންނަމަވެސް، ހުއްދައަށް އެދި ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުމުން ފަންޑުފޮށި ބެހެއްޓުމުގެ ހުއްދަ ލިބެއެވެ. އެގޮތަށް އޮތްނަމަވެސް ހުއްދައާ ނުލައި ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައެވެ. އަދި، ފަންޑު ފޮށިތަކަށް ގެއްލުން ދިނުމާއި ވަގަށް ނަގާ މައްސަލަތައް ވެސް މީގެކުރިން ވަނީ ފެންމަތިވެފައެވެ. އާ އުޞޫލުގައި އެ ހުރިހާ ކަމަކަށް ރިޢާޔަތްކުރުމަށް ވަނީ ނިންމަވާފައެވެ.