ENGLISH
22 އޭޕްރީލު 2025
ވާނުވާ ބަންދުގެ މައްސަލަ ވަގުތުން ހައްލުކުރަން ވަޒީރުގެ ހިޔާލެއް
01 ފެބްރުއަރީ 2025
|
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި "ބަންދު ފޯރަމް" ގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު އިހުސާނު ވާހަކަދައްކަވަނީ (ފޮޓޯ/އެމްއެމް)
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާއި، ބަންދުކުރުމަށްފަހު ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބުން ނުވަތަ "ވާނުވާ ބަންދު"ގެ މައްސަލަ ވަގުތުން ހައްލު ކުރުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ހިޔާލުތަކެއް ހުށަހަޅުއްވައިފިއެވެ.
މިނިސްޓަރު އިހުސާން މިޚިޔާލުތައް ހުށަހެޅުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި "ބަންދު ފޯރަމް" ގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ގާނޫނީ ގޮތުން އެންމެ ރަނގަޅު ހައްލަކަށް ނުވެދާނެ ކަން" ފާހަގަކުރައްވަމުން މިނިސްޓަރު ދެ ގޮތެއް ހުށަހެޅުއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޯޓުތަކުގެ ޖާގަ ކުޑަވުމާއި ރައްކާތެރިކަން ނެތް ކަމަށް ގަބޫލުކުރެވިފައި އޮތް އޮތުމެވެ. އެކަން ފާހަގަކުރއްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ކުޑަ އާބާދީގެ ސަބަބުން ސިއްރު ހެކިންނަށް ރައްކާތެރިކަން ދޭ ފަދައިން މައްސަލަތައް ބައްލަވާ ފަނޑިޔާރުންނަށް ވެސް ރައްކާތެރިކަން ދިނުމަކީ ވިސްނާލެވިދާނެ ކަމެއް ކަމަށެވެ. ރާއްޖެއަކީ އެހެން ގައުމުތަކާ ބަލާއިރު ތަފާތު ގައުމަކަށްވާއިރު އެއީ މިފަދަ ގައުމެއްގައި ރަނގަޅަށް މަސައްކަތްކުރާ ނިޒާމެއްތޯ ބަލާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" އެހެންމަ އަޅުގަނޑުމެން ބައެއް ހެކިވެރިން ރައްކާކޮށްގެން ސިއްރު ހެކިންގެ ގޮތުގައި ބަލަހައްޓާހެން ގާޒީންވެސް ސިއްރުން އެއީ ކާކުކަން ނޭނގޭގޮތަށް ޝަރީއަތްތައް ދާނެ ނިޒާމެއް އޮތްތޯ އެކްސްޕްލޯކުރަން ރާއްޖޭގައި. އެއީ މުޖުތަމައު ކުޑަކަމުން އަޅުގަނޑުމެންނަށް ކޮންމެ މީހަކަށް އެ ދޭންޖެހޭ ރައްކާތެރިކަން ދެވޭކަން ގަބޫލުނުކުރެވޭ ބައެއް މީހުންނަށް." މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާއެކު، ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލައަށް ހައްލެއް އައުމުން ޝަރީއަތްތައް އަވަސް ކުރެވޭނެ ކަމަށް ބެލެވޭއިރު، އެކަން ކުރެވެންދެން އެހެން ގޮތެއް ހޯދިދާނެ ކަން އިހުސާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެގޮތުން ރަށްރަށުގެ ކޯޓުތަކުން ވެސް ވީޑިއޯ ކޯލް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ މައްސަލަތައް ބެލިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ކޮންމެހެން ނުޖެހޭ ކަންނޭނގެ މާލޭގައި އިންނަ ކްރިމިނަލް ކޯޓުން ބައެއް މައްސަލަތައް ބަލާކަށް. މިވަގުތު ޖާގަ ނެތީތީވޭ، އެކަމަށް ކޮންމެވެސް ގާޒީއަށް އޮންލައިންކޮށް ޓްރަޔަލް ބޭއްވޭ ގޮތް ހަދާފަ މައްސަލަތައް ނުދާ ކޯޓުތަކުގައި މައްސަލަ ހިންގަންވީއެއް ނޫންތޯ އޭ." އިހުސާން ވިދާޅުވި އެވެ.