ENGLISH
22 އޭޕްރީލު 2025
ހިރިމަރަދޫ މީހުން އެދިވަޑައިގަތް ގޮތަށް ހަނިމާދު އަށް ބަދަލުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި
01 ފެބްރުއަރީ 2025
|
ހިރިމަދޫގެ ދެ މީހަކު އެ ރަށުގެ ބަނދަރު ސަރަހައްދުގެ ޖޯލިފައްޗެއްގައި އިށީނދެލައިގެން.
ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ހިރިމަރަދޫ ކައުންސިލާއެކު ލޯކަލް ގަވަމެންޓް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ރަށު މީހުން ކ. ތުލުސްދުއަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން ހަނިމާދޫ އަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
ހިރިމަރަދޫގެ ނެރު ތިލަވުމުގެ ސަބަބުން އެ ރަށާއި ރަށަށް ދަތުރުކުރާ މީހުންނަށް ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހިފައިވާ މައްސަލަ، ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އަށް މީގެ ކުރިން ހުށަހަޅައިފައެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ނެގި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ހިރިމަރަދޫގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ އަދަދަކީ 584 މީހުން ކަމަށް ވިޔަސް އެ ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 260 އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ.