ENGLISH
22 އޭޕްރީލު 2025
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއިން ކަރަންޓު ކެނޑިއްޖެ
01 ފެބްރުއަރީ 2025
|
ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
ދާދި ދެންމެ ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ވިިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއިން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ. އަދި މި މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މުޅި މާލެ އިން ކަރަންޓް ކެނޑުމުގެ ކުރިން ސްޓެލްކޯ އިން ވަނީ މާލެ ސިޓީ، އުނިގަސް މަގު އަދި މިރިޔާސް މަގު ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ ޕޯސްޓެއް ކުރައްވައިފައެވެ.