ENGLISH

22 އޭޕްރީލު 2025

Advertisement

ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓްވެ މީހަކު ނިޔާވެއްޖެ

01 ފެބްރުއަރީ 2025

|

ހަސަން އާމިރު

މާލެ -ހުޅުމާލެ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުގައި މަސައްކަތް ކުރާކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯންތަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިއަދު ހެނދުނު ބިދޭސީއަކު ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ އިން މާލެ އަންނަ ލޭންގައި ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގިކަން ރިޕޯޓްކޮށްފައި ވަނީ ހެނދުނު 8:19 ގައި ކަމަށެވެ. 

އެކްސިޑެންޓުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ 9:05 އެވެ. ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. 

މި މައްސަލަ ފުލުހުން ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު