ENGLISH

22 އޭޕްރީލު 2025

Advertisement

ރޭ ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ، މަލްޓިޕާޓީ ޑިމޮކްރަސީގައި ނަމޫނާ ދެއްކެވިތަން: ޚާރިޖީ ވަޒީރު

01 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގާލުމަށް ސަރުކާރުން ފުރުސަތު ދިނުމުން ފެނިގެންދަނީ، މަލްޓިޕާޓީ ޑިމޮކްރަސީގެ ހައްޤުތައް ހޯދައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޚަައްމަދު މުޢިއްޒު ނަމޫނާ ދެއްކެވިތަން ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރޭގެ ހިނގާލުމާ ގުޅިގެން ޚަލީލު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އަޑު އުފުލި ނަމަވެސް، އެ ސިޔާސީ ހަރަކާތް އަމާންކަމާއި ޞުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވޭނެ މާހައުލެއް ސަލާމަތީ ކަންކަން ބަލަހައްޓާ މުއައްސަސާތަކުން ފޯރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަަސީ ތަޢާރަފުވި ފަހުން، ޞުލްޙަވެރިކަމާއެކު ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބިގެންގޮސްފައިވަނީ މަދުފަހަރަކުކަން ޚަލީލު ފަހަގަކުރެއްވިއެވެ. 

ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލްގެ ޕޯސްޓް

އެމްޑީޕީން އިސްނަގައިގެން ރޭ މާލޭގައި ބޭއްވި ހިނގާލުން އާޓިފިޝަލް ބީޗު ސަރަހައްދުން ފަށައިގެން ބޮޑުތަކުރުފާނު މަގުން، އަމީނީ މަގުން ގޮސް އަނބުރާ އާޓިފިޝަލް ބީޗު ސަރަހައްދަށް ނިންމައިލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޙިމާޔަތުގައެވެ. އެ އެއްވުން ހުއްޓުވުމަށް ފުލުހުންގެ ޚިދުމަތުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.       

ކިޔުންތެރިންގެ ހިޔާލު