ENGLISH
22 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، "ދިވެހި ޔޫތު ލީގު" މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
01 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، "ދިވެހި ޔޫތު ލީގު" މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތަށް ވަޑައިގަތުމުން ޤައުމީ ފުޓުބޯޅަ ދަނޑުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ރައީސް ޙަސަން މަނިކެވެ.
މޯލްޑިވްސް ސޮކަރ މޭޓްސްއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފް.އޭ.އެމް.) އާއި ގުޅިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހި ޔޫތު ލީގުގެ އުސްއަލިތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. ރޭގެ ރަސްމިއްޔާތުގައި، މިދިޔަ 2024 ވަނަ އަހަރު ފެށި ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް މެޑަލްއާއި ތަށި ޙަވާލުކޮށްފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި، މި މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ޓީމު، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް، 14 އަހަރުން ދަށުގެ ޗެމްޕިއަން ޓީމު، ޓީ.ސީ. ސްޕޯޓްސް ކްލަބް، އަދި 16 އަހަރުން ދަށުގެ ޗެމްޕިއަން ޓީމު، ކްލަބް ވެލެންސިއާއަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.