ENGLISH

22 އޭޕްރީލު 2025

Advertisement

ސުލްހަވެރި ސިޔާސީ ހަރަކާތަށް ޖާގަ ފަހިކޮށްދިން ފުރަތަމަ ސަރުކާރަކީ މި ސަރުކާރު: މަމްދޫހު

01 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު، ފޮޓޯ: އެމްއެމްޓީވީ

ޤާނޫނުއަސާސީން ލިބިދީފައިވާ ސިޔާސީ ހަރަކާތް ހިންގުމުގެ އަސާސީ ޙައްޤަށް ހުރަސްނާޅައި، ރާއްޖޭގެ ތާރީޚުގައި އެ ޙައްޤު ރައްޔިތުންނަށް ފޯރުކޮށްދިން ފުރަތަމަ ސަރުކާރަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމަށް ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މަމްދޫޙު ވިދާޅުވެއްޖެއެވެ. 

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު އެއްވުމަށް ސަރުކާރުން ހުރަސްނާޅުއްވައި އެއެއްވުން ޞުލްޙަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަދެއްވުމާ ގުޅިގްން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަަމްދޫޙުވަނީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތުން މިސާލު ނަންގަވާފައެވެ. 

އެގޮތުން މެންބަރު ފާހަގަކުރެއްވި ގޮތުގައި މާޒީގައި ފާއިތުވި ސަރުކާރުތަކުން ފެނިގެންގޮސްފައި އޮތީ އިދިކޮޅު ޕާޓީތަކުގެ ޝުޢޫރާއި، ރައްޔިތުންގެ އައްޑު އިއްވުމަށް ސިޔާސީ ޕާޓީތައް ނުކުންނަ ކޮންމެ ފަހަރެއްގައި، ފުލުހުންނާއި ސިފައިން ފޮނުއްވައިގެން ދަގަނޑު މުގުރާއި މިރުސްދުމުގެ ބާރު ދިވެހިންނަށް ދައްކަވައި އަނިޔާކުރެއްވި މަންޒަރެވެ. 

ނަމަވެސް ރޭ މި ސަރުކާރުން އަމަލުކުރެއްވި ގޮތުގެ ތަފާތު ފާހަގަކުރައްވަމުން މަމްދޫޙު ވިދާޅުވީ މި ސަރުކާރަކީ، ދިވެހިރާއްޖެއަށް އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ހަރަކާތްތެރިވާ ސިޔާސީ ނިޒާމު ތަޢާރަފުކުރެވުނު ފަހުން، ދަގަނޑު މުގުރާއި މިރުސް ދުން ބޭނުންނުކުރައްވައި، ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން ޝުއޫރު ފާޅުކޮށް މުޒާހަރާކޮށް، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް މަގުފަހިކޮށްދެއްވި ފުރަތމަ ސަރުކާރު ކަމަށެވެ. 

އަދި ރޭ އިދިކޮޅުގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ކިބައިން ފެނިވަޑައިގަތް މަންޒަރަކީ، މަގުމަތީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓައި، ބަލަހައްޓައި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، ސިޔާސީ ހަރަކާތަށް ސާފު ޖާގައެއް ކަށަވަރުކޮށްދެއްވި މަންޒަރުކަމަށްވެސް މެންބަރު ވިދާޅުވިއެވެ. 

ކުރީ ސަރުކާރުތަކުން ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކާމެދު ޢަމަލުކުރައްވާފައިވާ ގޮތް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމަށްފަހު މެންބަރު މަމްދޫޙު ފާހަގަކުރެއްވީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އެމަންޒަރު ތަކުރާރުނުކުރައްވައި، އިޚުތިޔާރުކުރެއްވީ ސިޔާސީ ޕާޓީތަކަށް ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް ތަންމިނަށް ޖާގަ ގުޅުވައިދެއްވުމާއެކު، ޑިމޮކްރަސީގެ އިންތިކާއި މިންތަކާއި ހަމަތަކަށް ޢަަމަލުކުރެއްވުމަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު