ENGLISH

22 އޭޕްރީލު 2025

Advertisement

ހުކުރު މިސްކިތާއި މުންނާރު އަދި މެދުޒިޔާރަތުގެ އާބާތުރަ ފިލުވަން ފަށައިފި

31 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތްކުރަނީ

ރޯދަ މަހަށް މާލޭގެ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރު އަދި މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ފަށައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ، އެ މަސައްކަތްކުރަނީ ސްޓެލްކޯއާއެކު އެ އިދާރާއިން ވެފައިވާ ފަހުމުނާމައިގެ ދަށުން ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ، ރޯދަ މަސް ފެށުމުގެ ކުރިން މިސްކިތު ގޯތިތެރެ އާއި މުންނާރުގެ އާބާތުރަ ފިލުވައި، އެ ސަރަޙައްދު ޒީނަތްތެރިކުރާނެ ކަމަށެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މަސައްކަތް ފުރިހަމަކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ މުންނާރުގެ އުވަކަހައި، އުވަލުމާއެކު، ކުލަޔާއި ދަވާދުލާންޖެހޭ ތަންތަނުގައި ޒީނަތްތެރިކުރަން ކަމަށެވެ. މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުންދަނީ އެމަސައްކަތެވެ. އެއަށްފަހު މެދުޒިޔާރަތުގައި ކުލަލުމާއި އެ ޒިޔާރާތުގެ މަރާމާތުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީލާދީ ގޮތުން 1674 ވަނަ އަހަރު އައްޞުލްޠާން އިބްރާހީމް އިސްކަންދަރު (1) ގެ އަމުރުފުޅުގެ ދަށުން ބިނާކޮށް ނިންމާފައިވާ މާލޭ ހުކުރު މިސްކިތު މުންނާރަކީ ދިވެހިރާއްޖޭގައި ބިނާކުރެވުނު ފުރަތަމަ ވަށް މުންނާރެވެ. ދުވަސްވީ އެ މުންނާރަކީ ރާއްޖޭގެ ތަރިކައާއި ސަޤާފަތް ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެކެވެ.

ކިޔުންތެރިންގެ ހިޔާލު