ENGLISH
22 އޭޕްރީލު 2025
ސިނގިރޭޓު އުފައްދާކަމަށް ތުޙުމަތުކުރި އޮފީހުން 103 ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް
31 ޖެނުއަރީ 2025
|
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓް އުފައްދާކަމުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުމުން، އެގެ ރޭ ބަލައި ފާސްކޮށް 103 ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ގެއެއްގައި ސިނގިރޭޓް އުފައްދާކަމުގެ ތުޙުމަތުގައި ފުލުހުން ރޭ ވަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ.
ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ، އެގެއިން 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށެވެ. އަތުލައިގަތް ފޮށިގަނޑުތަކުގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތައްވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނައި އިޞްލާޙުގައިވާ ގޮތުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމަކީ މަނާ ކަމެކެވެ. ޤާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގައި ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.
ދުންފަތް ކޮންޓްރޯލްކުރުން މަނާކުރުމުގެ ގޮތުން، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާނަމަ ހިފަހައްޓަން މިނިސްޓްރީ އޮފް ހެލްތުން ވަނީ މޯލްޑިވްސް ކަސްޓަމްސްއަށް އަންގާފައެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުން ހުއްޓުވުމަށާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޤާނޫނާ ޚިލާފަށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި ތަންތަން ބަލައި، އެ މައްސަލަތައް އަންނަނީ ބަލަމުންނެވެ.