ENGLISH

22 އޭޕްރީލު 2025

Advertisement

އެމްޑީޕީއަށް ވެރިކަން ދޭ ކޮންމެ ފަހަރަކު މަސްތުވާތަކެތި އިތުރުވޭ: އެމްޕީ މުސްޠަފާ

31 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި

އެމްޑީޕީއަށް ވެރިކަންދޭ ކޮންމެ ފަހަރަކު ރާއްޖޭގައި ބަނގުރަލާއި މަސްތުވާތަކެތި އިތުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މުސްޠަފާ މިގޮތަށް ވިދާޅުވީ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

އެމްޑީޕީން މިރޭ މި ސަރުކާރާއި ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތަށް އިޝާރާތް ކުރައްވަމުން އެމްޕީ މުސްޠަފާ ވިދާޅުވީ އެމްޑީޕީއަށް ދިވެހިން ދެ ފަހަރެއްގެ މަތިން ވެރިކަން ދިން ކަމަށެވެ. އެ ދެ ދައުރު ދިވެހިންނަށް ފުދިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު އެމްޑީޕީން މި ސަރުކާރު ގޯސްކޮށްފައި ވާހަކަ ނުދެެއްކޭނެ ކަމަށް ވިދާޅުވަމުން މުސްޠަފާ ވަނީ އެމްޑީޕީގެ ވެރިކަމުގައި ހިނގި ބައެއް ކަންކަމަށް އިޝާރާތްކުރައްވާފައެވެ. 

އެމްޑީޕީން އިސްލާމްދީނާއި ޚިލާފު އެތައް ލާދީނީ ކަންކަން ކުރާ ކަމަށް މުސްޠަފާ ތުހުމަތު ކުރެއްވިއެވެ. ނިމިދިޔަ ވެރިކަމުގައި ދިވެހިންނަށް ބޮޑު "އުގޫބާތެއް" ދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން މިހާރު ތިބީ އެމްޑީޕީއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

""އެބޭފުޅުން ކިތަންމެ ފޮނި ވާހަކައެއް ދެއްކިޔަސް ދިވެހިން މިއަދަކު އެވާހަކަ އަޑެއް ނާހާނެ. ދިވެހިން ތަޖުރިބާކޮށްފި އެމްޑީޕީއަށް ވެރިކަން ދޭ ކޮންމެ ފަހަރަކު ދިވެހިން އުޅެން ޖެހުނު ޙާލު. އަޅުގަނޑުމެން މާތްވެގެންވާ އިސްލާމްދީނާއި ދެކޮޅަށް ކުރި މަސައްކަތް. ދިވެހިރާއްޖޭގައި ބަނގުރާ އިތުރުވެގެންދިޔައީ. މަސްތުވާތަކެތި އިތުރުވެގެންދިޔައީ"" - ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް

"އެބޭފުޅުން ކިތަންމެ ފޮނި ވާހަކަ ދެއްކިޔަސް ދިވެހިން މިއަދަކު އެވާހަކަ އަޑެއް ނާހާނެ. ދިވެހިން ތަޖުރިބާކޮށްފި އެމްޑީޕީއަށް ވެރިކަން ދޭ ކޮންމެ ފަހަރަކު ދިވެހިން އުޅެން ޖެހުނު ޙާލު. އަޅުގަނޑުމެން މާތްވެގެންވާ އިސްލާމްދީނާއި ދެކޮޅަށް ކުރި މަސައްކަތް. ދިވެހި ރާއްޖޭގައި ބަނގުރާ އިތުރުވެގެންދިޔައީ. މަސްތުވާތަކެތި އިތުރުވެގެންދިޔައީ" މުސްތަފާ ވިދާޅުވިއެވެ.

މުސްޠަފާ ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވާނެ ކަމުގެ ވަޢުދުފުޅާ އެކު ކަމަށެވެ. އެ ވަޢުދުފުޅު ފުއްދަވަމުންދާކަމުގެ މިސާލެއް ނަންގަވަމުން މުސްތަފާ ވިދާޅުވީ މި ވެރިކަމަކީ އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް ވެރިކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު