ENGLISH
22 އޭޕްރީލު 2025
އެމެރިކާގައި މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
31 ޖެނުއަރީ 2025
|
އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީއާ ދާދި ކައިރިން، މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ހިޒް އެކްސަލަންސީ ޑޮނާލްޑް ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ހާދިސާގައި، ހުރިހާ ފަސެންޖަރުންނާއި ކުރޫއިންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެމެރިކާއާ އެކު ދެމިތިބިކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ އެއާޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި އާންމުން ދަތުރުކުރަމުންދިޔަ މަތިންދާބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 67 މީހުން ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގާފައިވަނީ، ރޭގަން ވޮޝިންގްޓަން ނެޝަނަލް އެއާޕޯޓަށް ޖައްސަން އައި އެމެރިކަން އެއާލައިންސްގެ ފްލައިޓެއް، އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއްގައި ޖެހިގެންނެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން، އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ.