ENGLISH

22 އޭޕްރީލު 2025

Advertisement

ދެއްވި ވަގުތީ ހައްލުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް އެމްޑީޕީ "ފުދިއްޖެ": ޖިނާން

31 ޖެނުއަރީ 2025

|

ރާޔާ ރިޒާ

އައިބީއެމްގެ އެމްޑީ މުޙައްމަދު ޖިނާން ޖަލީލު އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އައްޑޫގައި ބޮޑުވެފައިވާ މައްސަލަތަކަށް އެމްޑީޕީގެ ސަރުކާރުން ދިން ވަގުތީ ހައްލުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރު "ފުދިއްޖެ" ކަމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖިނާން ޖަލީލު ވިދާޅުވެއްޖެއެވެ. 

ޖިނާން މިގޮތަށް ވިދާޅުވީ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

މި ޕްރޮގްރާމްގައި އައްޑޫގެ މަސްރަހާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޖިނާން ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް އައްޑޫ ރައްޔިތުންނަށް ހުސް ވަޢުދުތައްވެފައި އެމީހުންގެ ބޭނުން ހިފި ކަމަށެވެ. 

""އެމްޑީޕީ ސަރުކާރުން މިހާރު މައިގަނޑު ގޮތެއްގައި ސަކަރާތް ޖަހަން އެ ގެންގުޅޭ ޗަރުކޭސްގެ ނަމަކަަށް ކިޔަނީ 'ފުދިއްޖެ، ފުނޑިއްޖެ'. އެހެންވީމަ އައްޑޫ ރައްޔިތުންނަށް ހަޤީޤަތުގައި ވެސް އެމްޑީޕީ ފުދުނީ. އެއީ ވީ ގޮތަކީ. އެމްޑީޕީ އިން އައްޑޫ ރައްޔިތުން ހަދަނީ ޖޯކަކަށް. ނޫނީ އެބޭފުޅުންގެ ސިޔާސީ ނުވަތަ ސިޔާސީ ކުރިމަގު އުޖާލާ ކުރުމަށް ބޭނުންކުރާ ޓޫލްސްތަކަކަށް"" - އައިބީއެމް އެމްޑީ މުޙައްމަދު ޖިނާން ޖަލީލު

ޖިނާން މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ އިންތިޚާބުތަކުން ގިނަފަހަރަށް އައްޑޫއިން އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބެއެވެެ. ނަމަވެސް ނިމިިދިޔަ ރިޔާސީ އިންތިޚާބުގައި އައްޑޫއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިނުވާތީ އައްޑޫ ރައްޔިތުން އެމްޑީޕީއަށް ތާއީދުކޮށް "ފުދިއްޖެ" ކަމަށް ޖިނާން ވިދާޅުވިއެވެ. 

އައްޑޫގެ ބޮޑު އާބާދީއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ވަގުތީ ހައްލުތަކެއް ހުށަހެޅި ކަމަށް ޖިނާން ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އައްޑޫ ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ގެނެސްދެެއްވި ނަމަ މިހާރު ނަތީޖާ އެހާ ދަށްނުވާނެ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ. 

އެއާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި ފަހުންވެސް އައްޑޫ ރައްޔިތުންނަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަމުންދާކަން ޖިނާން ފާހަގަކުރެއްވިއެވެ. މި ވެރިކަމުގެ ކުރީކޮޅު މާއްދީ ކަންކަން ނުފެނުނަސް، ރައީސް ޑރ. މުޢިއްޒު އައްޑޫ ރައްޔިތުންނަށް ޚާއްސަ ކަންކަން ކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ. 

އައްޑޫއަށް ދިމާވަމުންދާ ކަރަންޓް ކެނޑުމާއި ނޭޗާ ޕާކްގެ ފުރިހަމަކަން ގެއްލުމުގެ މައްސަލަ ވެސް ގޯސްވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެކަން ކަމަަށް އަޅާނުލީތީ ކަމަށް ޖިނާން ވިދާޅުވިއެވެ. އައްޑޫއަށް މިހާރު ދިމާވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ޢަމަލީ މަސައްކަތް މި ސަރުކާރުން ކުރަމުންދިޔަ ނަމަވެސް އެއްވެސް ކަމެއްގެ ނަތީޖާ ވަގުތުން ވަގުތަށް ނާންނާނެކަން ޖިނާން ފާހަގަކުރެއްވިއެވެ. ވަގުތާ އެކު އެ މައްސަލަ ވެސް ޙައްލުވާނެ ކަމަށް ޖިނާން ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު