ENGLISH
22 އޭޕްރީލު 2025
ރައީސްގެ ދަތުރުފުޅުތަކުން އުފާވެރި މަންޒަރެއް؛ "އިސްކުރަނީ ޕާޓީ ކުލައަށް ވުރެ ޤައުމީ ކުލަ"
31 ޖެނުއަރީ 2025
|
ހއ. ދިއްދޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްތަކުގެ ކައުންސިލްތަކުގެ ފަރާތުން ފެންނަނީ ޕާޓީގެ ކުލައަށް ވުރެ ޤައުމީ ރޫހެއްގައި މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށެއްގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ފުޅާވެފައިވާ ކަމަށެވެ. އެއީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ފާހަގަކުރެވުނު ކަމެކެވެ.
"އާއްމު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ދުވަސްވަރާއި ދިމާކޮށް ބައެއް ކަހަލަ ނޭއްގާނީ ކަންތައްތައް ރާއްޖޭގައި ހިނގާފައި އެބަހުރި. އެހެންނަމަވެސް އެއާ ޚިލާފަށް މިފަހަރު އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ދަރުބާރަށް ވަޑައިގަންނަވާތީވޭ، އެ ތައްޔާރުކުރަންޖެހޭ ހުރިހާ ތައްޔާރުކުރުމެއްގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާއެކު، ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު، ކައުންސިލްތަކުން ޕާޓީގެ ކުލަ އިސްނުކޮށް، ޤައުމީ ރޫހެއްގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވުނު ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އެކަން ކުރެވެނީ ކައުންސިލްތަކާއި މިނިސްޓްރީ އާ އޮތް ގުޅުން ރަނގަޅުކުރުމަށް ގެންގުޅޭ ސިޔާސަތުތައް ހަރުދަނާވުމުން ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަހުން ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެއީ އެގޮތަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަޒީރުން ބައިވެރިކުރައްވަނީ، ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގައި އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީ އާއި، ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ވާޞިލުވެވޭނެގޮތް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށްވާތީ އެވެ.