ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖެއިން ބައި ޓަނުގެ މިޔަރު މަސް ބޭރުކުރަން އުޅުނު މައްސަލަ ތަޙުޤީގު ކުރަން ފަށައިފި

31 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ފޮޓޯ: ކަސްޓަމްސް

ބައި ޓަނަށްވުރެ ގިނަ މިޔަރު މަސް ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު މައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލައި ފާސްކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑިމަސް ހުރި 45 ފޮށިގަނޑު ފެނިފައިވާ ކަމަށާއި، އެތަކެތީގެ ބަރުދަނުގައި 582 ކިލޯ ހުރިކަމަށެވެ. އަދި މި މައްސަލަ މިހާރު ތަޙްޤީގު ކުރަމުންދާ ކަމަށެވެ. އަދި މިޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން ކުރިން ވިދާޅުވެފައިވަނީ އެ ތަކެތި ބޭރުކުރަން އުޅުނީ ލޮނު މަހުގެ ގޮތުގައި ކަމަށެވެ. އެކަމަކު، މެރިން ރިސާޗް ސެންޓަރުން އިތުރަށް ޓެސްޓު ހެދުމަށް ފަހު، އެއީ މިޔަރު މަހާއި މަޑި މަސް ކަމަށް ކަށަވަރުކޮށް ދީފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކަސްޓަމްސް އާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބަލައި އަދި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ތަކެތި ނައްތާލާފައިވާ ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ.

ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން، މިޔަރަކީ ރާއްޖެއިން ބޭރުކުރުން މަނާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެެވެ. މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން ހިފުމާއި ބޭނުން ކުރުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުން ވެސް މަނާ ބާވަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު