ENGLISH
22 އޭޕްރީލު 2025
ބޭސިކް ރޭންޖާސް ތަމްރީން ކޯހާ ބެހޭ އެއްބަސްވުމެއް ޤާއިމްކޮށްފި
30 ޖެނުއަރީ 2025
|
ބޭސިކް ރޭންޖަރސް ޓްރެއިނިން ކޯހެއް ފަރުމާކުރުމާއި މި ކޯހުގެ ތަމްރީނުތައް ދިނުމުގެ އެއްބަސްވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތް ޝެހެނާޒް އާދަމެވެ.
އެންދެރި މަޝްރޫޢުގެ ދަށުން ވެވުނު މި އެއްބަސްވުމުގެ މަޤުޞަދަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ޚާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކޮށް، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމެވެ.
ފުރަތަމަ ބުރު ލ. އަތޮޅަށް ޚާއްސަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާއީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. އަދި އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތާއި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެއެވެ.
އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ބިލްޑިންގްގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޤައުމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ދަށުން ހިންގާ ކޮލެޖް ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.