ENGLISH

22 އޭޕްރީލު 2025

Advertisement

ޕީޕީއެމް އުވާލައި ދަފްތަރުން އުނިކޮށްފި

30 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ޕީޕީއެމް އުވާލައި ޕާޓީ ދަފްތަރުން ވަނީ އުނިކޮށްފަ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީ އުނިކޮށްފިއެވެ.

މިއަހަރުގެ ފެށުމާ ހަމަޔަށް ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީ އުވާލުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް  އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ މިއަދުން ފެށިގެން އެ ޕާޓީ، ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައިވާ ކަމަށެވެ.

" ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މިއަދުން ފެށިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމައިފި،" އީސީގެ ބަޔާނުގައިވެއެވެ. 

ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ ޑިސެމްބަރު 2 ވަނަ ދުވަހު އެވެ. ޕާޓީ އުވާލަން ނިންމިއިރު އެ ޕާޓީގެ ދަފްތަރުގައި 34،698 މެންބަރުން ތިބި ކަމަށް އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކައެވެ.

ޕީޕީއެމް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާއިރު އީސީން ވަނީ ގާނޫނީ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެސް އިއްޔެ އެ ދަފްތަރުން އުނިކޮށްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ހަރަކާތްތެރިވާނީ 9 ސިޔާސީ ޕާޓީއެކެވެ. އޭގެތެރެއިން ވެރިކަން ކުރާ ޕީއެންސީއަކީ 68،968 މެމްބަރުންނާއެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު