ENGLISH

22 އޭޕްރީލު 2025

Advertisement

އުއްމީދަކީ އަންނަ ޖޫން/ޖުލައި ގައި ހައުސިން ލޯން ދޫކުރުން: ރައީސް

30 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައީސް މުއިއްޒު ހއ. މިޅަދޫގެ ރައްޔިތުންނާއި މުހާތަބުކުރައވައި ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ގެދޮރު އިމާރާތްކުރުމަށް ތައާރަފްކޮށްފައިވާ އިސްލާމީ އުސޫލުން ދޫކުރާ 'ހައުސިން ލޯނު'ތައް މި އަހަރުގެ ޖޫން/ ޖުލައި ހިސާބުގައި ދޫކުރަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މޮޅަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ނެވެ.

ކޮންމެ ރައްޔިތަކީ ވެސް ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ރައްޔިތަކަށް ހެއްދެވުމަށް ސަރުކާރުން އެކަށައެޅުއްވި ސިޔާސަތުގެ ދަށުން ތައާރަފްކުރައްވާފައިވާ "ހިޔާވެހި ފައިނޭންސިންގ ސްކީމް"ގެ  ދަށުން 5% އަށް ވުރެ ކުޑަ އިންޓްރެސްޓުގެ ލޯނުތަކަށް ކުރިމަތިލުމަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހުޅުވާލައްވާފައެވެ.

އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޮޅަދޫ ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް އެ ފުރުޞަތު ހުޅުވައިލެއްވީ، ރަށްރަށުން ދޫކުރާ ގޯތިތަކުގައި ފަސޭހަކަމާއެކު ރައްޔިތުންނަށް ގެދޮރު އެޅޭނެ ގޮތް މަގުފަހިކުރެއްވުމަށް ކަމަށެވެ. ރައީސް ވިދާޅުވީ، އެ ލޯނުތައް ދޫކުރުމުގެ ހުރިހާ އިޖްރާއާތެއް ފުރިހަމަކުރުމަށްފަހު، މިއަހަރުގެ މެދު ތެރޭގައި ލޯނު ދޫކުރަން ފެށޭނެ ކަމަށެވެ.  

"ދެން އަޅުގަނޑުމެންގެ އުއްމީދަކީ މި ހުރިހާ ޕްރޮސީޖާތަކެއް ހަމަޖެހި، މިއަހަރުގެ މެދު ތެރެއަށް ދާން ވާއިރަށް، ޖޫން ޖުލައި ހިސާބުގައި އެކްޗުއަލް ލޯނު ދޫކުރަން ފެށޭނެ. އެހެންވީމަ ގެތައް ހަދަން ފުރުސަތު ލިބިގެންދާނެ."

ސަރުކާރުން ތައާރަފް ކުރި "ހިޔާވެހި ފައިނޭންސިންގ ސްކީމް"ގެ ދަށުން އަލަށް ގެދޮރު އިމާރާތްކުރުމަށް ނުވަތަ ނުނިމި ހުރި ގެތައް ނިންމުމަށް އަތްފޯރާފަށުގައި ލޯނު ދޫކުރެވޭނެއެވެ. ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް 4.8 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ މި ލޯނު ސްކީމަށެވެ..

މީގެއިތުރުން، މޮޅަދޫއަށް ބޭނުންވާ އަސާސީ ހިދުމަތް ގާއިމުކުރުމާއި، އެމަނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުތަކާއި ގުޅިގެން ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެ އެވެ. އެގޮތުން، ފެނާ ކަރަންޓު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އަވަހަށް ނިންމައި، ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ވެސް އަވަސް މުސްތަގުބަލެއްލައި ނިމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު