ENGLISH

22 އޭޕްރީލު 2025

Advertisement

އައްޑޫ ހަންކެޑެ ލިންކްރޯޑް ހޮނިހިރު ދުވަހު ހުޅުވަނީ

30 ޖެނުއަރީ 2025

|

ރާޔާ ރިޒާ

އައްޑޫ ހަންކެޑެ ޑީޓުއަރ ލިންކްރޯޑް ހޮނިހިރު ދުވަހު ޢާންމުންނަށް ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ. 

މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓްގައިވާ ގޮތުގައި ހަންކެޑެ ޑީޓުއާ ލިންކްރޯޑް މަޝްރޫޢުއަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ނިންމާފައިވާ މަޝްރޫޢުއެކެވެ. މި މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންކަން މިނިސްޓްރީގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ. 

ގާތްގަނޑަކަށް 1.46 ކިލޯމީޓަރުގެ ދިގުމިނަށް ހަތަރު ލޭނަށް ތަރައްޤީކޮށްފައިވާ ހަންކެޑެ ލިންކް ރޯޑްގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުއެވެ. ދެ ބްރިޖާއި އިތުރު ތިން ބައިގެ މަސައްކަތް ހިމެނޭ މި މަޝްރޫޢު ދިވެހި ސަރުކާރާއި ހަވާލުކުރައްވާފައިވަނީ މިދިޔަ އަހަރު އިންޑިޔާގެ ފޮރިން މިނިސްޓަރ ސުބްރަމަނިޔަމް ޖޭޝަންކަރް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. 

އައްޑޫ ޑީޓުއާ ބްރިޖު ތަރައްޤީކޮށްފައިވަނީ އައްޑޫ ސިޓީގެ ގައުކެނޑި އާއި މަރަދޫ ގުޅުވައިލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރެވުނު ކޮންޓްރެކްޓެއްގެ ދަށުންނެވެ. ދެހާސް އެކާވީސް ވަނަ އަހަރު ފެށި މި މަޝްރޫޢުއަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އައްޑޫ ޑީޓުއާ ލިންކް ރޯޑް ނުވަތަ ހަންކެޑަ ބްރިޖަކީ އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ފުޅާކުރުމަށް ތަރައްޤީކޮށްފައިވާ މަގެކެވެ. 

ކިޔުންތެރިންގެ ހިޔާލު