ENGLISH

22 އޭޕްރީލު 2025

Advertisement

3000 އަށް ވުރެ މީހުންނަށް ނަފްސާނީ އެހީގެ ޚިދުމަތް ދީފި

23 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

މިހާތަނަށް 3004 މީހުންނަށް ނަފްސާނީ އެހީގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެސް ނަފްސާނީ ބަލީގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިކަން އިސްކުރުމަށް ހެލްތު މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. 

ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ ރަށްރަށަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އޭގެ ތެރެއިން، ހަފްތާ14 ގެ އެޖެންޑާގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން ނަމްބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ޚިދުމަތް މިހާރު ކޮންމެ ގަޑިއެއްގައި ވެސް ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ. އަދި މިހާރު ވެސް ގިނަ ބަޔަކު އެ ހެލްޕްލައިންގެ ބޭނުން ހިފާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު