ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީއެންސީ

23 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގެ ތެރެއިން )(ފޮޓޯ/ ޕީއެންސީ)

މި ވަގުތު އެންމެ ގިނަ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީއަކަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުމަށް ފަހު، އެ ޕާޓީގައި ހިމެނޭ މެމްބަރުންގެ އެންމެ ފަހުގެ އަދާހަމަ އެ ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށްފަ އެވެ.

އީސީގެ ވެބްސައިޓުން ފެންނަ ގޮތުގައި 68،968 މެމްބަރުންނާއެކު މިވަގުތު އެންމެ ގިނަ މެމްބަރުން ހިމެނެނީ، ޕީއެންސީގަ އެވެ. ދެވަނަ އަށް އޮތީ، 2023 ގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ވާދަވެރި އެމްޑީޕީ އެވެ. އީސީގެ ވެބްސައިޓުން އެނގޭ ގޮތުގައި އެމްޑީޕީގައި މިހާރު ތިބީ 43،755 މެމްބަރުންނެވެ. ކުރިން އެ ޕާޓީގައި 50،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެއެވެ.

އެހެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު

  • ޖޭޕީ-  13،826 މެމްބަރުން
  • ޕީޕީއެމް- 12،174 މެމްބަރުން
  • އެމްޑީއޭ- 9،210 މެމްބަރުން
  • އަދާލަތު ޕާޓީ- 9،049 މެމްބަރުން
  • އެމްއެންޕީ- 6،050 މެމްބަރުން
  • ޑިމޮކްރެޓްސް- 3،667 މެމްބަރުން
  • ޕީއެންއެފް- 2،822 މެމްބަރުން
  • އެމްޓީޑީ- 2،359 މެމްބަރުން
  • އެމްއާރުއެމް- 1،867 މެމްބަރުން

ޕީއެންސީއަކީ މި ވަގުތު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕަޓީއަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ ގާތްގަނޑަކަށް 3،000 އެއްހާ މެމްބަރުން ނެވެ. އެހެންނަމަވެސް އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ ޕާޓީގެ ހަރަކާތްތައް އިތުރުކުރައްވައި، މެމްބަރުން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު