ENGLISH

22 އޭޕްރީލު 2025

Advertisement

މޫސުންގޯސްވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް!

23 ޖެނުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ކަނޑުގަދަ ދުވަހެއް ދޯންޏެއް ދަތުރުކުރަނީ

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް މިއަދު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިއަދު ހެނދުނު 10.45 އިން މެންދުރުފަހު 14.30 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސޫމީ އިންޒާރު ނެރެފަ އެވެ. އެ އިދާރާއިން ވިދާޅުވީ އެ ވަގުތުތަކުގެ ތެރޭގައި އެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ވަގުތުތަކުގެ ތެރޭގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.

އެހެން ކަމުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު