ENGLISH
22 އޭޕްރީލު 2025
މިހާތަނަށް 2،180 މީހުން ހިލޭ މެޑިކަލް ޗެކަޕް ހަދައިފި
22 ޖެނުއަރީ 2025
|
އަހަރަކު ދެފަހަރު ހިލޭ ހެދޭ މެޑިކަލް ޗެކަޕް މިހާތަނަށް 2180 ފަރާތަކުން ހަދާފައިވާކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮއްފިއެވެ.
އެކްސް ގައިކުރި ޕޯސްޓެއްގައި ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ ހެދޭ މެޑިކަލް ޗެކަޕް ސްކީމުގެ ދަށުން 2180 މެޑިކަލް ޗެކަޕް މިހާތަނަށް ހަދާފައިވާކަމަށެވެ.
ރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަތުމަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުއެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހުރިހާ އެންމެންނަށް މެޑިކަލް ޗެކަޕް ހިލޭ ހެދޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.
ހިލޭ މެޑިކަލް ޗެކަޕް ހެދޭނެގޮތް ހަމަ ޖައްސާފައިވަނީ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވާފައިވާ ވަޢުދުފުޅުގެ ދަށުންނެވެ. އަދި މެޑިކަލް ޗެކަޕްގެ ބޭނުން ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. މީގެ ސަބަބުން ދުރާލާ ބަލި ދެނެގަނެވި އެބަލިން އަރައިގަތުމަށް ފުރުސަތު ލިބޭނެ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.