ENGLISH
22 އޭޕްރީލު 2025
ޖަމްޢިއްޔާތައް ހަރަކާތްތެރި ކުރުވުމަށް އިތުރު ފުރުސަތެއް
22 ޖެނުއަރީ 2025
|
ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޤަވާއިދުން ފޮނުވައިފައި ނުވުމުގެ ސަބަބުން ހަރަކާތްތެރި ނުވާ ޖަމްޢިއްޔާތައް ހަރަކާތްތެރި ކުރުވުމަށް، ލިޔެކިޔުންތައް ހުށަހެޅުމަށް ޓަކައި އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ އިތުރު ފުރުސަތެއް ދިނުމަށް ފުރަތަމަ ހަމަޖެހިފައި ވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމްއިއްޔާ އަށެވެ. މިގޮތުން ލިޔެކިއުންތައް ހުށަހެޅުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އިތުރު ފުރުސަތު ދެވޭ ފުރަތަމަ 55 މަދަނީ ޖަމްޢިއްޔާގެ ލިސްޓް އާންމުކޮށްފައިވާއިރު މި މުއްދަތު ތެރޭގައި ޖަމްއިއްޔާ އެކްޓިވް ނުކުރާ ނަމަ، އެފަދަ ޖަމްއިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ޒުވާނުންނާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.