ENGLISH
22 އޭޕްރީލު 2025
ބްރޯޑްކޮމްގެ ނައިބު ރައީސް، ފަޒީންގެ މައްސަލައެއް ބަލަނީ
22 ޖެނުއަރީ 2025
|
ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން/ ފޮޓޯ: ބްރޯޑްކޮމް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް، މުޙައްމަދު ފަޒީންގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބަލަން ފަށައިފިއެވެ.
ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ހެނދުނު ފަޒީން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ދެ މީހެއްގެ ޒާތީ މަޢުލޫމާތު ހިމެނޭ މައްސަލައަކަށް ވާތީ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ފަޒީން އައްޔަންކުރީ 7 މާރޗް 2021 ގަ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ 19 ޖެނުއަރީ 2023 ގަ އެވެ.