ENGLISH

22 އޭޕްރީލު 2025

Advertisement

ގްރީންހައުސް ގޭސް އުފެދޭ މިންވަރު ދެނެގަތުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

22 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ

މޫސުމީ ބަދަލުތަކާ ބެހޭ ޕްލޭން ތައްޔާރުކުރާ އިރު ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން ގްރީންހައުސް ގޭސް އުފެދޭ މިންވަރު ދެނެގަތުމަށް ޓަކައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކާ އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިންވަނަ މޫސުމީ ބަދަލުތަކާ ބެހޭ ޕްލޭން ތައްޔާރުކުރާ އިރު ގްރީންހައުސް ގޭސް އުފެދޭ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ޓެކްނިކަލް ދިރާސާތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ ގްރީންހައުސް ގޭސް އުފެދޭ މިންވަރު، މި ދިރާސާގެ ނަތީޖާގެ އަލީގައި ލަފާކުރެވޭނެއެވެ. އަދި މި ބައްދަލުވުމުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން ރާއްޖޭގައި އުފެދޭ ގްރީންހައުސް ގޭހުގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު