ENGLISH

22 އޭޕްރީލު 2025

Advertisement

މިދިޔަ 10 އަހަރު ތެރޭ ކައުންސިލިން ދޭނެ ބަޔަކު ބިނާކޮށްފައެއް ނެތް: ލުބްނާ

21 ޖެނުއަރީ 2025

|

ހަސަން އާމިރު

ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލިން ދޭނެ ބަޔަކު ބިނާކޮށްފައި ނުވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދޭ ކައުންސިލަރުން ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ވިދާޅުވީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލަރުން ބިނާކޮށްފައިނުވާ ކަމަށާއި ރާއްޖޭގައި ކައުންސިލިންގ ކިޔަވައިގެން ތިބީ ގާތްގަނޑަކަށް 150 މީހުން ކަމަށެވެ.

ލުބްނާ ވިދާޅުވީ މި ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި އަހަރުގެ ތެރޭގައި މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެންޑީއޭއަށް ލިބިފައިވާ އެޑިކްޝަން ޕްރޮފެޝަނަލް ކޯހަށް އެދި ހުށަހެޅުމަށް މުޅި ރާއްޖެއަށް ހުޅުވާލާނެކަން ފާހަގަކުރައްވާ ލުބްނާ ވަނީ މި ދާއިރާއިން ކިޔަވަން ބޭނުންވާ އުމުރުން 18 އަހަރުން މަތީގެ ޒުވާނުންނަށް ހުރި ފުރުސަތުތައް ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު