ENGLISH

22 އޭޕްރީލު 2025

Advertisement

ރަށްރަށުގެ ތަރައްޤީގެ ކަންކަން ގެންދާނީ ރައްޔިތުން އެދޭ ގޮތަށް: ރައީސް

21 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައީސް ރ. އަނގޮޅިތީމަށް ވަޑައިގެންނެވުން

ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދަވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުފުޅުގެ ތެރެއިން އެ އަތޮޅުގެ އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ކަނޑައަޅާ ތަރައްޤީގެ މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް އެ ރަށުގައި ފެށިގެންދާނެ ކަމަށް ވިދާޅުވަމުންނެވެ.

ރައްޔިތުން ގާތުން ކަންކަން އޮޅުން ފިލުއްވައިގެން ރައްޔިތުން ބޭނުންވާ މިސްރާބަށް ރަށްރަށުގެ ތަރައްޤީއަށް ގެންދިއުމަކީ، ރައީސް ވިދާޅުވި ގޮތުގައި އަމަލީގޮތުން ރައްޔިތުން ތަޖުރިބާ ކުރާނެ ކަންކަމެވެ. އެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އެކަމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.  

އަބަދުވެސް މަސައްކަތް ކުރަން ބޭނުންފުޅުވަނީ ރައްޔިތުން ގާތުން އޮޅުން ފިލުވައިގެން، ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު