ENGLISH

22 އޭޕްރީލު 2025

Advertisement

މި އަހަރު ރަސްގެތީމުގެ ތަރައްޤީގައި ހަޤީޤީ ކުލަ ޖެހިގެންދާނެ: ރައީސް

21 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްގެތީމަށްް ވަޑައިގެެންނެވުން

މި އަހަރު ވެގެންދާނީ ރ. ރަސްގެތީމުގެ ތަރައްޤީގައި ހަޤީޤީ ކުލަ ޖައްސަވައިދެއްވާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރަސްގެތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސްގެ ވާހަކަފުޅު ފެއްޓެވީ، އެމަނިކުފާނު އެރަށަށް ވެވަޑައިގެންނެވި ގިނަ ރިޔާސީ ވައުދުތައް މިއަހަރު ތެރޭގައި ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

" ހަމައެއާއެކީގައި ސްކޫލްގެ ޖާގަ އިތުރުކުރުމަށްޓަކައި އަޅުގަނޑު ވައުދުވީ ގޮތަށް، އެ މަސައްކަތް ވެސް، ޖާގަބޮޑު ކްލާސްރޫމާއި، ހޯލްގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ކޮށްދީ، ނިންމައި ދޭނަން. ކުޅިވަރުގެ ދާއިރާއިން ފުޓްސެލް ދަނޑާ ގުޅިފައިވާ މަސައްކަތްތަކާއި އަދިވެސް އެފަދަ މަސައްކަތަތްތައް، ކުޅިވަރާ ގުޅޭ އެކި ކަހަކަ މަޝްރޫއުތައް ހިންގުމަށް، ކުނި މެނޭޖްކުރުމަށްޓަކައި ކޮށްދޭނެ ކަމަށް އަޅުގަނޑު ދެންނެވި މަސައްކަތްތަކަށް،" ރައީސް ވިދާޅުވިއެވެ.

"އެއާއެކީގައި ފެނާ ނަރުދަމާގެ މަޝްރޫއުއަށް ހުރި މައްސަލަތައް ހައްލުކޮށްދިނުމާ އެކީގައި މައި މަގުތައް ހެދުމުގެ މަޝްރޫޢު އާއި ޖުމްލަކޮށް މުޅި ރާއްޖޭގައި ވެސް ދަތިކަމެއްގެ ގޮތުގައި އޮތް ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމާއި ހަމައެއާއެކީގައި ދެންވެސް ސިއްހީ ދާއިރާގައި ހެލްތު ސެންޓަރުގެ މައްސަލައާ މިހުރިހާ ކަމަކީ އަޅުގަނޑު ކެމްޕޭން ތެރޭގައި ވެފަ ހުރި ވައުދުތައް." 

ރައީސް ވަނީ، އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގައި ފަށާ މިއަހަރުގެ ތެރޭގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސްގެ ދަތުރުފުޅުގައި ވަޒީރުން ބައިވެރިކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، އެމަނިކުފާން ވިދާޅުވި ގޮތުގައި، ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވެފައި ހުރި ކަންކަމާއި ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާމެދު ތަފްސީލްކޮށް މަޝްވަރާކުރެއްވުމެވެ.

މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަޤީޤީ ކުލަޖެހޭނެ އަހަރުން ފާހަގަކުރައްވަމުން ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ނިންމުން ފާހަގަކުރެއްވުމަށް އެ ރަށަށް މިއަހަރު ވަޑައިގެންނެވޭނެ އުއްމީދާއެކު އެވެ.

ކިޔުންތެރިންގެ ހިޔާލު