ENGLISH

22 އޭޕްރީލު 2025

Advertisement

އެއަރ އެންބިއުލާންސްގައި 700 ދަތުރުކޮށް 800 އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފި

21 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

އެއާރ އެންބިއުލެންސްގެ ޚިދުމަތް ތަޢާރަފްކުރި ފަހުން މިހާތަނަށް 700 އަށް ވުރެ ގިނަ ދަތުރުކޮށް 800 އަށް ވުރެ ގިނަ ބަލި މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

ސިއްހީ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހު 1 ވަނަ ދުވަހު އެއާރ އެމްބިއުލެންސްގެ ޚިދުމަތް ދޭން ފެށި ފަހުން 700 ދަތުރުކޮށް 804 ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރާއްޖޭގެ ޞިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން އެއަރ އެންބިއުލަންސް ޚިދުމަތް ސަރުކާރުގެ ވައުދުތަކުގެ ދަށުން މާރޗު މަހު ޚިދުމަތް ދޭން ފަށާފައިވާއިރު، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ، ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުމެވެ.

އެއަރ އެމްބިއުލާނސްގެ ޚިދުމަތަށް ޚާއްސަކުރެވިފައިވާ ޑޭޝް މަރުކާގެ ބޯޓާއެކު ޚިދުމަތް ފެށީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ގޮތަށެވެ. މި ޚިދުމަތް ފަށާފައިވަނީ ތަމްރިނު ކުރެވިފައިވާ 15 ޞިއްޚީ ޚިދުމަތްތެރިންނާއެކުއެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ. 

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެނީ ސިއްހީ ވުޒާރާ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު