ENGLISH

22 އޭޕްރީލު 2025

Advertisement

ރ. ވާދޫ އަށް ވަޢުދުވި ކަންކަން އަންނަ އަހަރު ނިމެންވާއިރަށް ފުއްދައިދޭނަން: ރައީސް

21 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިސްރަށްވެއްސަކާއި ސަލާމްކުރައްވަނީ

ވަޢުދުވެ ވަޑައިގަތީ، ވަޢުދު ފުއްދަދެއްވަން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރ. ވާދުއަށް ވަޑައިގެން،  އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިޙާބުގައި ވެދެއްވި ހުރިހާ ވަޢުދެއް އަންނަ އަހަރު ނިމެންވާއިރަށް ޙާއްޞަ އިސްކަމެއް ދީގެން އެރަށަށް ފުއްދަވައި ދެއްވާނެކަމަށެވެ. އޭގެ ތެރޭގައި، މިރަށުގެ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައި ކުނި ކޮށި އެހެން ތަނަކަށް ބަދަލުކޮށް، އެތަނުން ރައްޔިތުންނަށް ވަރަށް އަވަހަށް ގޯތި ދޫކުރަން ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީއާ ގުޅިގެން ރަށް ގިރުމުގެ މައްސަލަރަށް ޙައްލެއް ހޯއްދެވުމަށް ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯއާ ވާހަކަ ދައްކައިގެން ބަލްކުކޮށް ބޮޑު ހިލަ ގެންނާނެކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ .މީގެ އިތުރުން، ރައީސް ވިދާޅުވީ އެރަށުގެ ޞިއްޙީ މަރުކަޒާއި ސްކޫލަށް ވަރަށް އަވަހަށް ވަޞީލަތްތައް އިތުރުކޮށްދެއްވާނެ ކަމަށެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، އެރަށުގެ ބޮޑު ދަނޑުގެ ނުނިމި އޮތް މަސައްކަތް ވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރު ރަމަޟާން މަސް ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓަށް ހައްލެއް ހޯއްދަވައިދެއްވުމަކީ އަމާޒުފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިރަށް އެއްކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ހެދުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ ރައްޔިތުން ބޭނުންވާނަމަ ކުރޭވޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރ.ވާދޫގައި އޭޓީއެމް ބެހެއްޓުމަށް ކައުންސިލްއާ އެކު މިއަދު އެއްބަސްވުމެއްގައި ބީއެމްއެލްއިން ވަނީ ސޮއިކުރައްވާފައެވެ.

 ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ 11 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.

ކިޔުންތެރިންގެ ހިޔާލު