ENGLISH

22 އޭޕްރީލު 2025

Advertisement

ހިންދޫ ފާދިރީއަކު ރާއްޖެ އައިސް ރޫހާނީ ފަރުވާގެ ނަމުގައި ޚިދުމަތްތަކެއް ދޭ މައްސަލައެއް ފެންމަތިވެއްޖެ

21 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ހުޅުމާލެ ޕޮލިސް ސްޓޭޝާން

"މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ ފާދިރީއަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްތިހާރު ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ. 

މާސްޓަރ ދުރްގާ ރާއޯގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އެ ފާދިރީ ރާއްޖޭގައި ކޯސްތަކެއް ވެސް  ހިންގާކަން އިޢުލާންކޮށްފައިވާއިރު، ރޫހާނީ ފަރުވާ އާއި ފާލު ބެލުން ފަދަ އިސްލާމް ދީނުގައި ޙަރާމް ކަންކަން ކުރާ ކަމަށް އެ އިސްތިހާރުތަކުގައި ބުނެފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، ”މާސްޓަރ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށާއި މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އަދި މީގެ ދެ ދުވަސް ކުރިން ހުޅުމާލޭގައި އޭނާ އެކަމެއް ކުރަން ފަށާފައިވާއިރު، ސެޝަނަކަށް 300 ރުފިޔާ ނަގާ ކަމަށް މީސްމީޑިއާ ޕޯސްޓަރގައި ބުނެފައިވެއެވެ.

"ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން، އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފިނަމަ ލަސްނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން،" - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖު

މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ފާދިރީއަކު އައިސް، ރޫހާނީ ފަރުވާގެ ކްލާސްތައް ނަގައިދޭ ކަމަށް ބުނެ ކެމްޕޭނެއް ވަނީ ހިންގާފައެވެ. އެކަމާއި ގުޅިގެން އާއްމުން ނުރުހުން ފާޅުކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔުމަށްފަހު ފަހުން ވަނީ ޑީޕޯޓު ކޮށްލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު