ENGLISH

22 އޭޕްރީލު 2025

Advertisement

ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، މަސްތުވާތަކެތީގެ ފަރުވާގެ މުއްދަތުގައި ބާރުއަޅަނީ

21 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، މަސްތުވާތަކެތީގެ ފަރުވާގެ މުއްދަތުގައި ބާރުއެޅުވުމާއި ގުޅޭގޮތުން ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ މެންބަރުންނާއި، ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެންބަރުންނާއި، އެޗްޕީއޭ، އަދި އެންޑީއޭގެ ވެރިންގެ އިތުރުން ފަންނީ މުވައްޒަފުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 

މި ބައްދަލުވުމުގައި، މަސްތުވާތަކެތީގެ ފަރުވާގެ ޚިދުމަތް ހޯދާ ފަރާތްތައް ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމާއި، ފަރުވާދޭ މަރުކަޒުތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އެންޑީއޭއިން ވިދާޅުވެފައިވެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތައް އެކަމުން ދުރުހެލިކުރުވުމުގެ ގޮތުން ކަމާއި ގުޅޭ ތަމްރީންތައް ފުރިހަމަކޮށް ހުނަރުވެރި ބަޔަކަށް ހެދުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އެންޑީއޭއިިން މަޢުލޫމާތު ދެއްވައެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އެކަމަށް ދެވިހިފުމުގެ ބަލި ތަޙައްމަލުކުރާ ގިނަ ފަރާތްތަކަކީ ދުންފަތުގެ ބާވަތްތަކަށް ވެސް ދެވިހިފާފައިވާ ބަޔަކަށްވާތީ، ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމަށް ޚާއްސަ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ނިންމަވާފައެވެ. މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު