ENGLISH
22 އޭޕްރީލު 2025
ށ. އަތޮޅު ކައުންސިލުން އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފި
21 ޖެނުއަރީ 2025
|
ށ. އަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުން
ށ. އަތޮޅު ކައުންސިލުން އެ އަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.
މިއީ ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްރޫޢުއެއް ކަމަށް އެ އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން އަތޮޅު ކައުންސިލުން ފައިސާ ހޯދައިގެން، ޕްރައިމް ފާރޓިލައިޒާސް މޯލްޑިވްސްގެ 1،000 އަކަފޫޓުގެ ބިމެއްގައި އޮޓޯޕޮޓް ގްރީންހައުސް ދެ ފާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޮއިދޫ ކައުންސިލާ ޙަވާލުކޮށްގެންކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރިއެވެ.
ށ. އަތޮޅު ކައުންސިލުން ވިދާޅުވީ މި މަޝްރޫއުު ކާމިޔޔާބުވެއްޖެނަމަ އަތޮޅުގެ އެހެން ރަށްތަކުގައިވެސް މިފަދަ މަޝްރޫޢުތައް ތަޢާރަފްކުރާނެ ކަމަށެވެ.
މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމާއި ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވުން މަދުކުރުމަކީ ގައުމީ މުހިންމު އަމާޒުތަކެއްކަން ފާހަގަކޮށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވެސް ވަނީ މި މަޝްރޫއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
މިފަދަ އިސްނެގުމަކަށް މިނިސްޓްރީން މަރުހަބާ ކިޔައި، މި މަޤްޞަދުތައް ޙާޞިލުކުރުމުގައި ވަކިވަކި ފަރުދުންނާއި ޖަމާޢަތްތަކުން ބައިވެރިވުމަށް ހިތްވަރު ދިނެވެ.