ENGLISH

22 އޭޕްރީލު 2025

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގި އިންޓާންޝިޕް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފި

21 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގުޅިގެން ހިންގި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަަވާލުކޮށްފިއެވެ. 

މި ޕްރޮގްރާމަކީ އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެމް.އޭ.ސީ.އެލް އާ ދެމެދު 2024 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ސޮއިކުރި ފަހުމުނާމާގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެމް.އޭ.ސީ.އެލްގެ އިދާރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އިންޓާންޝިޕް ޕްރޮގްރާމް ނިމިފައިވަނީ މި މަހު 20 ވަނަ ދުވަހުއެވެ. އިންޓާންޝިޕް ފުރިހަމަކުރި 4 ފަރާތުގެ ތެރެއިން 1 ފަރާތަކަށް ވަނީ ދާއިމީ ވަޒީފާ ހަމަޖެހިފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާޞިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.

މިފަދަ އެހެނިހެން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ ގިނަ މަސައްކަތްތައް ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު