ENGLISH

22 އޭޕްރީލު 2025

Advertisement

55 ކައުންސިލް އިދާރާގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

21 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫއުގައި ސޮއި ކުރުން --- ފޮޓޯ: މިނިސްޓްރީ

ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް، ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފައިކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވިދާޅުވެއްޖެއެވެ.

އިމާރަތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާއިގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނީ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވިދާޅުވީ ހިނގަމުން މިދާ ހަފުތާ ތެރޭ، މީގެ ތެރެއިން ބައެއް ތަންތަނުގެ ބިންގާ އެޅިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. 

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކަކީ: 

ހއ. އަތޮޅު: މާރަންދޫ، ތުރާކުނު، އުލިގަމް، މުރައިދޫ، ބާރަށް، ފިއްލަދޫ، ތަކަންދޫ، އުތީމު. 

ހދ. އަތޮޅު: ނާވައިދޫ، ނެއްލައިދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު 

ށ. އަތޮޅު: ޅައިމަގު، މާއުނގޫދޫ، މަރޮށި، ބިލެއްފަހި 

ނ. އަތޮޅު: ކުޑަފަރި، މާފަރު، ހޮޅުދޫ 

ރ. އަތޮޅު: އަލިފުށި، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް، މަޑުއްވަރީ، މާކުރަތު 

ބ. އަތޮޅު: ދޮންފަނު، ހިތާދޫ، ކެންދޫ 

ޅ. އަތޮޅު: އޮޅުވެލިފުށި، ހިންނަވަރު

ކ. އަތޮޅު: ގުޅި 

އއ. އަތޮޅު: ހިމަންދޫ، ބޮޑުފޮޅަދޫ، ރަސްދޫ، ތޮއްޑޫ، އުކުޅަސް 

އދ. އަތޮޅު: އޮމަދޫ، ދަނގެތި 

ވ. އަތޮޅު: ކެޔޮދޫ 

މ. އަތޮޅު: ނާލާފުށި

ފ. އަތޮޅު: މަގޫދޫ، ނިލަންދޫ 

ދ. އަތޮޅު: ރިނބުދޫ 

ތ. އަތޮޅު: ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ 

ލ. އަތޮޅު: މާމެންދޫ 

ގއ. އަތޮޅު: ވިލިނގިލި، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮލަމާފުށި، ދެއްވަދޫ 

ގދ. އަތޮޅު: ވާދޫ

ބާވެ ވީރާނާވެފައިވާ، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ އިތުރުން، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން 50 ކައުންސިލެއްގެ އިދާރާ ވެސް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކައުންސިލްތަކުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށިގެން ދާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު