ENGLISH

22 އޭޕްރީލު 2025

Advertisement

މިނިސްޓަރ ޠާރިޤު އިބްރާހީމް ޖަޕާނުގެ ވަފުދަކާ ބައްދަލުކުރައްވައިފި

21 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ، ޠާރިޤު އިބްރާހީމް ޖަޕާނުގެ ވަފުދަކާ ބައްދަލް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ އެހީ އާއި އިންވެސްޓްމަންޓްތަކުގެ ޒަރީޢާއިން ދިވެހި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އާއި ލޯ އެމިޝަން ތަރައްޤީގެ ފުރުޞަތުތައް ކުރިއެރުވުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ޖަޕާނުގެ ވަފުދުން ފާހަގަކުރެއްވީ ދިވެހިރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޤައުމެއް ކަމާއި، މި ދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިވުމަށް ޖަޕާނުން ޝައުޤުވެރިކަން ފާޅުކުރައްވާ ކަމަށެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު